ޙައްޖު ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

1447 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަޙުނިޔާ ފޮނުއްވާފައިވަނީ މީސް މީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގެ ޒަރީޢާއިންނެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމުގެ ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންދާ މާތް ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ޙައްޖު ދުވަހަކީ ނުވަތަ ޢަރަފާތް ދުވަހަކީ އިސްލާމީ ތާރީޚާއި މުޅި އިސްލާމީ އުންމަތުގައި އަންނަ އެންމެ މާތް، އެންމެ ބަރަކާތްތެރި އެއް ދުވަހެވެ. މި ދުވަހަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތަކުން ޢަރަފާތް ބިމުގައި މަޑުކުރާ ދުވަސްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ