ފަހު ދެ ޑައިވަރުން ނަގައި މާލެ ގެނެސް، އޮޕަރޭޝަން ނިންމާލައިފި

އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް ނަގައިފިއެވެ.އަލިމަތާ ރިސޯޓު ކައިރިން އޮންނަ "ތިންވަނަ ކަނޑު" ނުވަތަ "މިޔަރު ހޮހޮޅަ"އަށް 5 ޑައިވަރުން ފީނަން ފައިބާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ކަނޑުގެ 50-60 މީޓަރު އަޑީގައި ހުންނަ މި ހޮހޮޅައަށް ފައިބާފައިވަނީ އިޓަލީގެ ފަތުރުވެރިންތަކެއް ކަމުގައިވާ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ. މީގެތެރެއިން އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ މީހާއެވެ.އެމީހުންގެ ތެރެއިން ޖިއަންލުކާގެ ހަށިގަނޑު ހަމަ އެދުވަހު ނަގާފައިވަނީ ކަނޑުގެ 50 މީޓަރު އަޑިން ހޮހޮޅަ ކައިރިންނެވެ. ބާކީ ތިބި މީހުން ތިބި ކަމަށް އޭރު އަންދާޒާކޮށްފައިވަނީ ހޮހޮޅަ ތެރޭގައެވެ. އެމީހުން ނެގުމުގެ މަސައްކަތް ކުރަނިކޮށް ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސާޖެންޓް ފަސްޓް ކްލާސް، މުހައްމަދު މަހުދީ ވަނީ ހޮނިހިރު ދުވަހު ނިޔާވެފައެވެ. ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު އޮތްތަން ދެނެގަނެ، އޭގެތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގައި މާލެ ގެނެސްފައެވެ. އެ ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ.ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުތައް ވެސް މިހާރު ނަގައި، އެ ދެ ހަށިގަނޑުވެސް މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވި މީހުންމޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއްޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއްމިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއްފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއްގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރުއިޓަލީގެ އަންސާ ނޫހުން އިއްޔެ ބުނި ގޮތުގައި، އިޓަލީގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށައިފަ އެވެ.ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ