ވޯލްޑްކަޕް ވޯލްޑްކަޕް ހާލަންޑު ވެސް ދުލެއް ނުދިން، ނޯވޭ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގެ ”ގްރޫޕް އައި“ ގައި ސެނެގާލް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެ، ނޯވޭ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށް ވިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިރާގު ބަލިކޮށް ރަނގަޅު ފޯމެއްގައި އޮތް ނޯވޭ އިން މި މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނޯވޭގެ މާކަސް ޕެޑަސަން ކާމިޔާބުކޮށްދިން ގޯލާއެކު އެޓީމު ލީޑު ނެގިއެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ސެނެގާލުން އުންމީދު ކަނޑާނުލައި މަސައްކަތްކޮށް، އިސްމާއިލާ ސާ މެދުވެރިކޮށް ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި ހާލަންޑް އިތުރު ގޯލެއް ކާމިޔާބުކޮށްދިނެވެ. ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ސެނެގާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ.
މި ނަތީޖާއާއެކު ސެނެގާލަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވެފައިވާ އިރު، ނޯވޭ އަންނަނީ ގްރޫޕްގެ އެންމެ ކުރީގައި ފްރާންސާއެކު ވާދަކުރަމުންނެވެ. ނޯވޭގެ އިތުރުން ފްރާންސަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ފްރާންސުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ކެޕްޓަން ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު 3-0 ގެ ނަތީޖާއަކުން އިރާގު ބަލިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ