ބޭރަށް އެކްސްޕޯޓް ނުކުރެވޭ މިންވަރަށް އިންޑިއާގެ ހަކުރުގެ ސިނާއަތު ދަށަށް ހިނގައްޖެ
ނިއުދިއްލީ (23 ޖޫން 2026) : އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރުން މިހާރު ހުއްޓާލާފައި އޮތް އޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައިވެސް އެގޮތަށް ބާއްވާނެކަމަށް އިންޑިއާގެ ވިޔަފާރިއާބެހޭ ވުޒާރާގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނެފިއެވެ. މިކަމާބެހޭ ރިޕޯޓެއް ބުނާގޮތުން އިންޑިއާއިން މި އަހަރު 30.95 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ބެލެވެނީ އެ ވަރަށް ހަކުރު ނުއުފެއްދޭނެ ކަމުގައެވެ. މިހާރު ލަފާކުރެވޭގޮތުން އުފެއްދޭނީ 27.9 މިލިއަން ޓަނެވެ. އިންޑިއާ ވަނީ މިއަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް އަށް ލައްކަ މެޓްރިކް ޓަނުގެ ހަކުރު އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މިހާރުވަނީ ހަކުރު އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިއަހަރު އިންޑިއާއަށް އުފެއްދޭނެކަމަށް ބެލެވޭ 27.9 މިލިއަން ޓަނުގެ ހަކުރަނީ އިންޑިއާގެ ލޯކަލް ބޭނުންތަކާއި އިންޑިއާއިން ޚާއްސަ އިނާޔަތްތައް ދޭ ގައުމުތަކަށް ހަކުރު ވިއްކުމަށްފަހު ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓް ކުރެވޭ ވަރަށް ވުރެ މާކުޑަ މިންވަރެކެވެ. ހަކުރު. މާގިނައިން ހަކުރު ބޭނުންކުރުމަކީ ނުރައްކާތެރި ބަލިތައް ޖެހޭނެ ކަމެއް-- އިންޑިއާގެ ހަކުރުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލައަކީ އުއްދަނޑި އުފައްދާ މިންވަރު ވަރަށް ބޮޑަށް މަދުވުމެވެ. މިކަމުގެ ސަބަބަކީ އުއްދަނޑި އުފެއްދުމަށް ޓަކައި ބޭނުންވާ ކެމިކަލް ފާޓިލައިޒަރެއްކަމަށްވާ އެތަނޯލް ލިބުން ދަތިވުމެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަރުކުރު އުފައްދާ ގައުމެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓު ކުރާ ގައުމެވެ. އިންޑިއާއިން ހަކުރު އެކްސްޕޯޓު ކުރުން ހުއްޓާލުމުން އެކަމުގެ ނޭދެވޭ އަސަރު އޭޝިޔާ އާއި އަރަބި ގައުމުތައް އަދި އެފްރިކާގެ ޤައުމުތަކަށް ވަނީ ކުރަން ފަށާފައެވެ. އެތަނޯލް ލިބުން ދަތިވުމުގެ ސަބަބުން، ކުރިޔަށްއޮތް ދެތިން އަހަރުގައިވެސް ބޭރަށް އެކްސްޕޯޓު ކުރެވޭ މިންވަރަށް ހަކުރު އުފެއްދުމުގެ ގާބިލްކަން އިންޑިއާގައި ކުޑަކަމަށް އިންޑިއާގެ ދަނޑުވެރިންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ ބުނެއެވެ. މިއާއެކު ދުނިޔޭގެ ހަކުރުގެ ވިޔަފާރީގައި އިންޑިއާއަށް ގިނަ ފުރުސަތުތަކެއް ގެއްލިގެންދާނެއެވެ. އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރިއިރު އެވްރެޖްކޮށް އަހަރަކު ހަތަރު މިލިޔަން ޓަނާއި ހަ މިލިޔަން ޓަން އާ ދެމެދުގެ އަދަދަކަށް ހަކުރު އެކްސްޕޯޓް ކުރަމުން ގެންގޮސްފައިވެއެވެ. ޔޫރަޕްގެ ގައުމުތަކުގެ ހަކުރަށްވުރެ އިންޑިއާގެ ހަކުރު އަގުހެޔޮއެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ހަކުރުގެ ސަޕްލައިގެ އިންސައްތައަށް ބަލާއިރު އިންޑިއާގެ ހިއްސާއަކީ ގާތްގަނޑަކަށް 10 އިންސައްތައެވެ. ދުނިޔޭގެ ބާޒާރުގައި އަހަރަކު 170 ވަރަކަށް މިލިޔަން ޓަނުގެ ހަކުރުގެ ސަޕްލައި ދައުރުވެއެވެ. ދުނިޔޭގައި ހަކުރު އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ޖަރުމަނު ، ބްރަޒީލް، ޔޫކޭ، ތައިލެންޑް، ނެދާލޭންޑްސް, ތުރުކީއާއި ފްރާންސް އަދި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެއެވެ. އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން ހުއްޓާލިޔަސް އެގައުން ވިޔަފާރީގެ ޚާއްސަ އިނާޔަތްތައް ދޭ އަވަށްޓެރި ގައުމުތަކާއި އެ ނޫންވެސް އިންޑިއާއާ ގުޅުންބޮޑު ގައުމުތަކަށް އެ ފުރުސަތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ