ހއ. އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ރަށު ކައުންސިލުން މިއަދު އިއުލާނު ކުރީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ބައިވެރިވާން ބޭނުންނަމަ އަންނަ ހޯމަ ދުވަހުގެ 1:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ކައުންސިލުން އެދިފައިވެ އެވެ. އަދި އެ މުއްދަތުގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާނަމަ ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.
ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެ ރަށު ކައުންސިލް އިދާރާގައި ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެ އެވެ.
އުތީމުގެ އެންމެ ހާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ އުތީމު ގަނޑުވަރެވެ. އެއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ.
އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީކުރަން ހުޅުވާލިއިރު، އެތަން ބެލެހެއްޓުމަށް ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި އެރަށު ރައްޔިތުން އެތަން ބަލަހައްޓާފައިވާތީ ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު މިދިޔަ އަހަރު އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރުވައިފަ އެވެ.
އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ