އެމްޓީސީސީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތަފްސީލަށް ބަލާއިރު، މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމާއި، ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީން ބުނީ މި ބަދަލުތަކާއެކު މިހާރު އާންމުންނަށް އެ ސަރަޙައްދު ބޭނުންކުރެވޭނެ ކަމަށެވެ.
ރަސްފަންނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް 2016 ވަނަ އަހަރު ހުޅުވި ތަނެކެވެ. އެތަނުގައި އާއިލާތަކަށް ހިތްހަމަޖައްސާލުމަށް ޖޯލިފަތިތަކާއި، ހޮޅުއަށިތަކުގެ އިތުރުން މަސްބާނާ ހަޓަކާއި ބާބަކިއު އޭރިއާއެއްވެސް ހިމެނެއެވެ.
މަރާމާތަށްފަހު ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ