އެފްރިކާގެ ހަނގުރާމަތަކުގެ ސަބަބުން ގެދޮރު ގެއްލި، ރެފިއުޖީ ކޭމްޕުތަކުގައި އުފަންވި ތިން ކުޅުންތެރިއަކު، އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމާއެކު ފީފާ ވޯލްޑް ކަޕް 2026 ގައި ވިދާލުމަށް ތައްޔާރުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗު ޓޯނީ ޕޮޕޮވިޗް މިހާރު ބަރޯސާވަނީ ޒުވާން ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ޓޫރޭ އާއި ނެސްޓޮރީ އިރަންކުންޑާ އަށެވެ. މި ދެ ކުޅުންތެރިންވެސް ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ކުޅުމަށް އުންމީދުކުރަމުންދާ އިރު، އެމީހުންގެ ’ބޭބެ’އެއްގެ ގޮތުގައި 30 އަހަރުގެ އައުއާ މާބިލް ޓީމުގައި ހިމެނެއެވެ. މިއީ މާބިލްގެ ދެވަނަ ވޯލްޑް ކަޕެވެ.
މި ތިން ކުޅުންތެރިންނަކީވެސް އޮސްޓްރޭލިއާގެ އެޑިލައިޑްގައި ބޮޑުވެ، އެ ގައުމުގެ ފުޓްބޯޅައިގެ ތެރެއިން ކުރިއެރި ކުޅުންތެރިންނެވެ. އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމަކީ އެ ގައުމުގެ ތަފާތު ސަގާފަތްތައް ދައްކުވައިދޭ ”މޮޑަން އޮސްޓްރޭލިއާ“ ގެ ރަމްޒެއް ކަމަށް ކުޅުންތެރިން ފާހަގަކުރެއެވެ.
މި ކުޅުންތެރިންގެ މައިގަނޑު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި، އޮސްޓްރޭލިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ނޮކް-އައުޓް މެޗަކުން މޮޅުވުމެވެ.
ގްރޫޕު ޑީގައި އޮސްޓްރޭލިއާއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް އޮސްޓްރޭލިއާގެ ”ރެފިއުޖީ“ ތިން ކުޅުންތެރިން ވޯލްޑް ކަޕަށް ތައްޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ