މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ 25 ވަރަކަށް ރަށުގައި ސޯޝަލް ސެންޓަރުތައް ގާއިމްކޮށް، މިދައުރުގެ ތެރޭގައި އެ ތަންތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕްރޮގްރާމްގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި ތަންތަނުގައި ގިނަވެގެން 1200 އެއްހާ މީހުންނަށް އެއްފަހަރާ، ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީގައި ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއް، ކުޅިވަރުތައް ކުޅެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް މި އަޅަނީ. ދެން މިހާރު އިތުރު ރަށްތައް، މީގެތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ހިމެނި. ފަންސަވީހަކަށް އާބާދީ ބޮޑު، މި ކިޔަނީ ދެތިން ހާހަށްވުރެ އާބާދީ ބޮޑު ޖުމްލަ ގޮތެއްގައި އެވްރެޖްކޮށް ބަލަންޏާ ދެހާސް ނޫނިއްޔާ އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި އަޅުގަނޑުމެން ދެން ވީހާވެސް ގިނަ ރަށްތައް ގާތްގަނޑަކަށް ފަންސަވީސް ރަށް ނިންމާލެވޭތޯ މި ބަލަނީ މި ދައުރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.
25 ރަށެއްގައި މާލޭގެ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް މަރުކަޒުތައް ބިނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ