އުރީދޫގެ ތިންވަނަ އޭޓީވީ އަލީ ޝަރީފަށް

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހިނގާ އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް ޅ. ހިންނަވަރު، އަލީ ޝަރީފް ހޮވިއްޖެއެވެ.
މިއީ 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން މި އިނާމު ލިބުނު ތިންވަނަ ކަސްޓަމަރެވެ.
މިިދިޔަ އަހަރު ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ މަހަކުން އެއްފަހަރު ގުރުއަތުލުން ބާއްވައި، ކޮންމެ ފަހަރަކު ވެސް އެއް ނަސީބުވެރި ކަސްޓަމަރަކަށް އޭޓީވީއެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް މެދުނުކެނޑި އެކްޓިވްކޮށް ހުންނަންވާނެއެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރުގެ ކަސްޓަމަރުންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އަލަށް އުރީދޫގެ ހިދުމަތް ހޯދަން ފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އަދި ކުރީގެ ގުރުއަތުތަކުން އޭޓީވީ ލިބުނު ކަސްޓަމަރުންނަށް ވެސް 6 ވަނަ ގުރު ނުވަތަ ގްރޭންޑް ޕްރައިޒްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ