މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާރޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވެސް ވައިޓް އެލާރޓް ނެރެފިއެވެ.
ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރެއަށް ވެސް 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ އެލާރޠް ނެރިފައެވެ. މި އެލާރޓް ނެރިފައި ވަނީ މިރޭގެ 20:00 އިން ދަންވަރު 12:00 އަށެވެ. އަދި އެ ސަރަހައްދުތަކަށް އެ ވަގުތުގައި ބޯކޮށް ވާރެ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ