ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ތަކުރާރުވަމުންދާނަމަ، އެ ޕާޓީއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ޕީއެންއެފް އިން ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުވަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، އެފަދަ ކަންކަން ނުކުރުމަށް އެ ޕާޓީއަށް މިހާރު ވާނީ ނަސޭހަތްތެރިވެފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެދުމުން، އެ ޕާޓީން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
އެއްވުންތަކާ ގުޅިގެން ޕީއެންއެފްއަށް ފިޔަވަޅު އަޅާނެކަމަށް އިލެކްޝަނުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ