ސެޕްޓެމްބަރު 19 އަދި 20، 2003 ގައި މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ހަނދާންތައް މިއަދު މި އާކުރަނީ އޭރެ ރައީސް އަކަށް ހުންނެވި މައުމޫން އަބްދުއްގައްޔޫމްއާ ޒާތީ ވެގެނެއް ނޫން ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ޙަލީމް(ދޮންބިލެތް އަހުމަދު) ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވެފައިމިވަނީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ހަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 19 ގެ ހާދިސާ ހަނދާން ާ ކުރަމުން ދަނީ އެއްގޮތަކަށް ވެސް ރައީސް މައުމޫނާއި ޒާތީ ވެގެން ނޫން ކަމަށާއި އެދުވަހުގެ ހަނދާން އާ ކުރަމުން ދަނީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށެވެ.
”އިބްރަތަކަށް ޓަކައި ’އަނިޔާ ނުކުރަމަށް'“ ހަލީމް ވިދާޅުވިއެވެ.
September 19 Evane naseem aai adives ethabaye maaraalhumuge haadhisaa Miadhu mihandhaa aakuranee raiees Maumoon kaa zaathee vegene noon mikankan dhen thakuraaru nuvuma. Iburathaka “Aniyaanukuruma”
— Dhonbiley Ahmed (@Dhonbiley) September 19, 2020
އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސިފައިން ތަޅައި އަނިޔާކޮށްގެންނެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ. އެ ދެ ހާދިސާ އަކީ ވެސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ފެށި އިސްލާހުގެ ހަރަކާތުގެ ފެށުމެވެ.
މައުމޫންގެ ސަރުކާރުން އީވާން މަރާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ފަހު އެ މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން 8 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން މަރުގެ ހުކުމް އިއްވި ފަހުން ރާއްޖޭގައި ބަޔަކު މެރުމަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
ޖަލުގައި ބަޑިޖެހި ދުވަހުގެ ހަނދާންތައް މިއަދު މި އާކުރަނީ މައުމޫންއާ ޒާތީ ވެގެނެއް ނޫން: ދޮންބިލެތް އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ