ތައްޔާރު: މޭމަހު ކަރަންޓު ބިލު އަންނާނީ ކުނި ބިލު ހިފައިގެން

މިމަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް ވެމްކޯގެ ޔޫޓިލިޓީ މީޓާ އެކްސްކުްލޫޝަން ފޯމު ފުރަން ޖެހޭ. ބިލް ކުރަނީ ސްޓެލްކޯއާ ގުޅިގެން ކަމަށްވާތީ އޭގެފަހުން ދަތިތަކާ ކުރިމަތިވެގެންދާނެ
މިހާރު ވެމްކޯގެ ކުނި ބިލު ދައްކަން ޖެހެނީ ވަކިންނެވެ. އެހެންވެ ކުނީގެ ބިލަށް ދައްކަން ޖެހޭ އަދަދު ނުދެއްކި ވެމްކޯގެ މަަސައްކަތްތަކަށް ވެސް ދަތިވެ އެވެ. އެހެންވެ 2019 ވަނަ އަހަރު ފެށި މަސައްކަތްތަކާއެކު ކުނީގެ ބިލަށް ކަރަންޓު ބިލް އެއްކޮށްގެން ބިލް ކުރެވޭނެ އުސޫލެއް ހަދަން މަސައްކަތް ފެށި އެވެ. އެންމެ ފަހުން މި މަސައްކަތް ނިމި އަންނަ މަހުގެ ކަރަންޓު ބިލް އަންނައިރު މި ބިލާއެކު ކުނީގެ ބިލް ވެސް ގެއަށް ދާނެ އެވެ. 
ސްޓެލްކޯ - ވެމްކޯ ބިލް ގުޅާލުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މާލެ ސަރަހައްދުގެ 50،000 އަށްވުރެ ގިނަ ސްޓެލްކޯ މީޓަރުގެ ތެރެއަށް ވެމްކޯގެ ކަރަންޓު ބިލް ހިމައިގެން ބިލް ކުރަން ފަށާނެ ކަމަށެވެ.
"މެއި މަހު ކަރަންޓު ބިލް ދާއިރު ބިލުގެ ތެރޭގައި ވެމްކޯގެ ބިލްވެސް ހިމެނޭނެ. ވަރަށް މުހިންމު ހުރިހާ ބޭފުޅުން ވެސް ބޭނުން ނުކުރާ މީޓަރުތައް އައިޑެންޑިފައިކޮށް ދިނުން،" ސިރާޖު ވިދާޅުވި އެވެ. 
ވެމްކޯގެ ބިލާއި ކަރަންޓު ބިލް އެއްކޮށްލަން ތައްޔާރުވަމުން ދާއިރު މިހާރު ކަސްޓަމަރުން ފުރިހަމަ ކުރަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ ފުރަން ޖެހޭ ފޯމްތަކަކީ ކޮބައި ހެއްޔެވެ؟ 
ވެމްކޯ އިން ބުނެފައިވާ ގޮތުގައި ގޭބިސީ ކަރަންޓު މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސްް މީޓަރެއް ވާ ނަމަ ވެމްކޯގެ ޔޫޓިލިޓީ މީޓާ އެކްސްކުލޫޝަން ފޯމު ފުރަން ވާނެ އެވެ. އެ ކުންފުނިން ވަނީ އިމާރާތްތަކުގައި ބޭނުން ކުރާ ލިފްޓާއި މެއިންޓަނަންސް މީޓަރުތަކުގެ ބިލު އެ ކުންފުނީގެ ބިލާ ނުގުޅުވަން ނިންމާފަ އެވެ. ނަމަވެސް ވެމްކޯގެ ބިލާ ގުޅިގެން ދާނީ  ސްޓެލްކޯގެ ޑޭޓާބޭސްގައި ހިމެނޭ މީޓަރުތަކުގެ ލިސްޓުން ފާހަގަ ނުކުރެވޭ ލިފްޓް އަދި މެއިންޓަނަންސް މީޓަރުތަކެވެ. ޔޫޓިލިޓީ މީޓާ އެކްސްކުލޫޝަން ފޯމު ފުރަން ޖެހޭ ސަބަބަކީ މި އެވެ. މި ފޯމުން ދެނެގަންނާނީ ފާހަގަ ނުކުރެވޭ މީޓަރުތަކުގެ މައުލޫމާތެވެ. 
މީގެ އިތުރު ވެމްކޯއިން ވަނީ ކޮންޑެމީނިއަން ސްޓައިލަށް ހިންގާ ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކަށް ވެސް ފޯމެއް ފުރަން އަންގާފަ އެވެ. މިގޮތުން ފުރަން ޖެހޭ ފޯމަކީ ޕްރައިމަރީ މީޓާ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމެމެވެ. އަދި މިވަގުތު ވެމްކޯގެ ހިދުމަތް ހޯދާ އެކި މުއައްސަސާތަކާއި ވިޔަފާރިތަކަށް ފޮނުވާފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމު" ވެސް ފުރިހަމަ ކުރަން ޖެހެ އެވެ. މި ފޯމްތައް އަންނަ ބުދަ ދުވަހުގެ ކުރިން ފުރަން ޖެހެ އެވެ. މި ހުރިހާ ފޯމެއް ވެސް ވެމްކޯގެ ވެބްސައިޓުން ހުށަހެޅެ އެވެ. 
މި މައުލޫމާތު ހުށަ ނާޅާ ފަރާތްތަކުގެ ކުނި ނެގުމުގެ ހިދުމަތް މެދުކެނޑިގެންދާނެ އެވެ. އެހެންވެ މިއީ ކަސްޓަމަރުން އަހަމިއްޔަތުކަން ދޭން ޖެހޭ ކަމެކެވެ. 
ސިރާޖު ވިދާޅުވީ މި މަސައްކަތްތަކީ ބުރަ އަދި ބޮޑު ޕްރޮސެސްއެއް އޮތް މަސައްކަތަކަށްވާތީ ގޭބިސީތަކުގެ ވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންވެ ބުދަ ދުވަހުގެ ނިޔަލަށް މައުލޫމާތު ފޯރުކޮށް ދޭން އޭނާ އެދި ވަޑައިގަތެވެ. އަދި މިހާރު މަސައްކަތަކީ ވެމްކޯއާއި ސްޓެލްކޯއިން ކުރާ މަސައްކަތަކަށް ވާތީ ބިލްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރަން ވަގުތު ނަގައި އިތުރު ދަތިތަކެއް ފޯރާނެ ކަމަށް ސީރާޖު ވިދާޅުވި އެވެ. 
"މިހެން ނުހަދައިފިނަމަ ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެން ބިލް ކުރަން ފެށީމަ ދެން ވަރަށް ދަތިވާނެ މައްސަލަތައް ބަލާފަ ފިޔަވަޅު އަޅަން. ބިލް ކުރުމަށް ފަހު އަލުން އެކަން ބަލަން ފައިނޭންޝަލީ އެއީ ދަތިކަމެއް. ރައިޓް އޮފް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ކޮންމެ މީޓަރަކަށް ގޭގެ ވެރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ބެލެވެނީ،" ސިރާޖު ވިދާޅުވި އެވެ. 
މިހެން ނުހަދައިފިނަމަ ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ބިލް ކުރަން ފެށީމުން މައްސަލަތައް ބަލާފަ ފިޔަވަޅު އަޅަން ވަރަށް ދަތިވާނެ. ބިލް ކުރުމަށްފަހު އަލުން އެކަން ބަލަން ފައިނޭންޝަލީ އެއީ ދަތިކަމެއް
ޔޫސުފް ސިރާޖު | ވެމްކޯ އެމްޑީ
ސިރާޖު ވިދާޅުވި ގޮތުގައިު މި ބަދަލުގެ ސަބަބުން ވެމްކޯއަށް މާލީ ގޮތުން ފައިދާވާނެ އެވެ. ސަބަބަކީ މިހާރު މާލޭގެ ހައުސް ހޯލްޑްއަށް ބަލާއިރު ރަޖިސްޓްރީކޮށްފައި ވަނީ 40 ޕަސެންޓެވެ. 
"މާލޭގެ ހުރިހާ ރައްޔިތުންނަށް ނުސީދާ ކޮށްވެސް ކުނި ނެގޭނެ. އޮޕަރޭޝަން ވެސް ފުޅާވެ ގޮންޖެހުންތަކެއް ވެސް ކުރިމަތި ވާނެ. މިހާރު މިކަމަށް ތައްޔާރުވުމުގެ ގޮތުން އޮޕަރޭޝަން ޓީމްތަކުގެ މައިންޑްސެޓް ވެސް ބަދަލުކޮށްފިން މާލޭގެ މަގުތަކުގައި ކުނިވާ ޒާތުގެ ހުރިހާ ކުންޏެއް ނަގަމުން ދަނީ. މިހާރު ފާހަގަ ކުރެވޭ ކަމަކީ ވަރަށް ނޫން ގަޑިތަކުގައި ވެސް މަގުތަކަށް ކުނި ނަގަމުން ދިއުން،" ސިރާޖު ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ