ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ޕްރައިމަރީގައި ހަތަރު ކެނޑިޑޭޓަކު ވާދަކުރަނީ

ހުސްވެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ހުޅުވާލި ފުރުސަތުގައި، އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް 4 ފަރާތަކުން ކުރިމަތި ލައިފި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ ކެންސަރު ބަލީގެ އާލާސްކަން ފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމުންނެވެ.
މިގޮތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނީ މި އިންތިޚާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ފަރާތުން، ކެންޑިޑޭޓެއް ހޮވުމަށް 11 މާޗް 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ޕްރައިމަރީއަށް ކުރިމަތިލާފައިވަނީ 4 ފަރާތަކުން ކަމުގައެވެ.
އަދި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތި ލީ ފަރާތްތަކުގެ ނަންތައް އެ ޕާޓީން ވަނީ ތަރުތީބު ކޮށްފައެވެ.
1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ހ. ތާޅަފިލިގެ / މާލެ
4- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
ގުރައިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރިޒާ އަވަހާރަވެފައި ވަނީ މެލޭޝިޔާގައި ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސްވި ފެބްރުއަރީ މަހުގައެވެ.
އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށްވާ ރިޒާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވާ ފައިވާ ބޭފުޅެކެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a1800f0365a7899c14a52da5abdad7e4" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ