ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ -
މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖަކަށް ހުންނެވި ސާޖަންޓު މުހައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެގޮތުން:
އޭނާގެ ސައިކަލުގައި ރޯކޮށްލީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމާ ގުޅިގެން އިންޒާރު ދިނުމަށް ފަހު
އޭނާގެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައު
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އެ ރަށު މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭގެ ތެރެއިން 22 އަހަރުގެ މީހާ ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުން ދޫކޮށްލަން ކޯޓުން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެނގުން މުހިންމު - އަރީޝް ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި އެ ސައިކަލު ހުއްޓަައި އޭގައި ރޯކޮށްލީ ދެ މީހަކު ވެގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކަކު ވަދެ ސައިކަލަށް ޕެޓްރޯލް ހަމެއް އޮއްސާލާފައި ދިއުމުން ރޯކޮށްލީ އެހެން މީހެކެވެ.
މި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އަރީޝްގެ ހިތްވަރަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތް ފަހަތަށް ނުޖެހި ފުލުހުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލުން: ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކު ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ