އައްޑޫ ސިޓީ ހަންކެޑަ ހަލާލު ޓޫރިޒަމަށް ތަަރައްގީ ކުރާ ރަށެއް ގޮތުގައި ކަނޑައަޅައިފި އެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ދެންމެ ބުނީ ފަތުރުވެރިކަން ތަރައްގީ ވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްގީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ހަންކެޑަ ހަލާލު ޓޫރިޒަމަށް ތަަރައްގީ ކުރާ ރަށެއް ގޮތުގައި ކަނޑައެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމާއި ގުޅިގެން އެ ވުޒާރާ އިން މި މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަަން ޖެހޭ އިޖްރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ޙަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމުން ފަތުރުވެރީންގެ ބޭނުންތަކަށް ރިއާޔަތްކޮށް އެހެން ހުރިހާ މެހެމާނުންނަށް ވެސް މެހެމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ހިދުމަތެއް ކަމަށާއި މި ކޮންސެޕްޓް ތަންފީޒު ކުރެވިގެން ދާނީ ރިސޯޓް ތަަރައްޤީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިސޯޓް އޮޕަރޭޝަންސް މަރުހަލާގައި ކަމަށް އެ ވުޒާރާ އިން ބުންޏެވެ.
އައްޑޫ ސިޓީ ހަންކެޑެ ގައި ތަަރައްގީ ކުރެވިގެްދާ ހަލާލު ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގު ފަހިވެގެންދާނެ ކަމަށާ މި ފަދައިން ތަރައްގީ ކުރާ ރިސޯޓްތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި އިގްތިސާދީ ދުވެލި ހަލުއިވެގެންދާނެ ކަމަށް ވެސް އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އައްޑޫ ހަންކެޑަ ހަލާލު ޓޫރިޒަމަށް ތަަރައްގީ ކުރާ ރަށެއް ގޮތުގައި ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ