އެމްއެމްއޭން ބޭންކުތަކަށް ދޭ ޑޮލަރު އިތުރުކޮށް ޓީޓީތަކަށް %40އާ ހަމައަށް ޑޮލަރު ދެނީ

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު %10 ބޮޑުކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭން ނިންމައިފި އެވެ.
ތަފްސީލް - އެމްއެމްއޭން ބުނީ މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ބަދަލާ އެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރު %40 އަށް އިތުރުކުރެވޭނެ ކަމަށް އެމްއެމްއޭން ބުންޏެވެ.
އެނގުން މުހިންމު - މި ބަދަލު ގެންނައިރު ކަޅު ބާޒާރުގައި ރުފިޔާއާ އަޅާބަލާއިރު ޑޮލަރުގެ އަގު ވަނީ 20ރ. އަށް އުފުލިފަ އެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފަ އެވެ.
ނަމަވެސް އެމްއެމްއޭއިން ބުނީ، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުން ކަމަށެވެ. އެގޮތުން:
އެ ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި ހަމަހަމަ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭން ބުނި
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޭ %30 ބޭނުންކުރަނީ ވަކި ކަންކަމެއްގަ އެވެ. އެގޮތުން:
އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރޭ 
މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރޭ
ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ %30ގަ އެވެ. 
އެމްއެމްއޭން ބުނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50އަށް ބޮޑުކުރުމަކީ އަމާޒެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ