ޕޯޓޯ، ޕޯޗުގަލް (ޖުލައި 9) - ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، މީގެ ހަފްތާއެއް ކުރިން މަރުވިއިރު، އެ ކާރު ދުއްވަން އިނީ ޖޮޓާ ކަމަށް ބެލެވޭ ކަމަށް ސްޕެއިނުގެ ފުލުހުން ބުނެފި އެވެ.
ޕޯޗުގަލް ބޯޑަރު ކައިރީގައި އޮންނަ، ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި، މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ދަންވަރު، ހިނގި މި އެކްސިޑެންޓް ހިނގުމަށް މެދުވެރިވި ސަބަބަކީ، ބާރު ސްޕީޑުގައި ދުއްވާފަައިދިއުން ކަމުގައި ސްޕެއިނުގެ ފުލުހުންގެ ފުރަތަމަ ރިޕޯޓްގައި ވަނީ ހިމަނައިފަ އެެވެ.
އެ ގޮތުން، އެކްސިޑެންޓްވި ލަމްބޯގިނީ ސްޕޯޓްސް، ކާރުގެ، ޓަޔަރުގައި އަލިފާން ރޯވެ، ހުޅުގަނޑު ފަޅައިގެންދިޔައީ އެވެ.
އުމުރުން 28 އަހަރުގެ ޖޮޓާ، މި އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާ 10 އަހަރު ވަންދެން ރަށްޓެހިވެގެން އުޅުނު ރޫޓް ކާޑޯސޯއާ ކައިވެނި ކޮށްފައިވަނީ، އޭގެ ދެ ހަފްތާ ކުރިން، މިދިޔަ މަހު 22 ގަ އެވެ. އަދި ޖޮޓާގެ ތިން ދަރިން ތިބެ އެވެ. މަރުވި، ޖޮޓާގެ ކޮއްކޮ، އަންޑްރޭ، ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނަށް ކުޅޭއިރު، އުމުރަކީ 26 އަހަރެވެ.
ސްޕެއިނުގެ ފުލުހުންނަށް ލިބިފައިވާ ފޮޓޯ އާއި އެކިއެކި މައުލޫމާތަށް ބަލާއިރު، މި ވަގުތަށް ފެންނަން އޮތް ކަަމަކީ، ކާރު ދުއްވަން އިނީ ޖޮޓާ ކަމުގައި ވަނީ ބުނެފަ އެވެ.
ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ދުއްވި ކާރު: އެކްސިޑެންޓްވުމުން އެއްކޮށް ހަލާކުވި،
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖޮޓާ ވަނީ، މަރުވުމުގެ ކުރިން، ދާދި ފަހުން، ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެހެންވެ، އޭނާ އަށް، މި ވަގުތު ފްލަައިޓްގައި ދަތުރުނުކުރުމަށް ޑޮކްޓަރުން ލަފާ ދީފައި އޮތުމުން، މި ހަފްތާގައި ފަށާ ލިވަޕޫލްގެ ޕްރީ ސީޒަން ޕްރެކްޓިހާ ގުޅުމަށް އިންގްލެންޑަށް ދިއުމަށް ޖޮޓާ ނިންމާފައި އޮތީ، ސްޕެއިނުން އިންގްލެންޑް އަށް ދާ ފެރީއެއްގަ އެވެ. އެކަމަކު، ސަންޓަންޑާ އިން އެ ދަތުރާ ހަމައަށް ނުގޮސް، ޖޮޓާ މި ވަނީ، އެކްސިޑެންޓްގައި މަރުވެފަ އެވެ.
މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހު ޗެލްސާއާ އެކު ކުޅެނިކޮށް، ޖޮޓާ އަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް ދެ މަސް ދުވަހު ކުުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، އޭނާ ފުއްޕާމޭ އޮޕަރޭޝަން ކުރީ ވެސް އެ އަނިޔާ އިން އެއްކޮށް ރަނގަޅުވުމަށެވެ. އޭރު އޭނާ ނިންމީ ސީޒަން ނިންމުމަށް ފަހު، އެ އޮޕަރޭޝަން ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލިވަޕޫލުން ވަނީ ޖޮޓާގެ ހަނދާނުގައި، 20 ނަމްބަރު ޖޯޒީ ރިޓަޔާކުރަން ނިންމައިފަ އެވެ. އަދި، ޖޮޓާގެ ކޮންޓްރެކްޓްގައި ބާކީ އޮތް ދެ އަހަރަށްވާ 18 މިލިއަން ޑޮލަރު އާއިލާ އަށް ދޭން ވެސް ވަނީ ނިންމައިފަ އެވެ. އަދި، ޖޮޓާގެ ދަރިންނަށް ގާނޫނީ ގޮތުން، އާއިލާގެ ޒިންމާއާ ހަވާލުވެފައި އޮންނަ މުއްދަތަށް ހިނގާ ހަރަދުތައް އުސޫލުތަކެއްގެ ތެރެއިން ހަމަޖައްސަައިދޭން ވެސް ލިވަޕޫލުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ޖޮޓާ: ރިޕޯޓް އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ޖޮޓާ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ