ރިސޯޓް ސުޕަ ލީގު 2025 ގެ ސެމީ ފައިނަލުން ކޮންރެޑް މޯލްޑިވްސް ރަންގެލި ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ކޮންރެޑް ޖާގަ ހޯދީ، އިއްޔެ އަންގްސާނާ ވެލާވަރާ ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާ އަކުން އެއްވަރުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗު ކޮންރެޑުން ކާމިޔާބުކުރީ 5-4 ގެ ނަތީޖާ އަކުންނެވެ.
މި މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން މި މުބާރާތުގައި ކުޅޭނީ ރިސޯޓް ލީގުގެ ޗެމްޕިއަނުންގެ މެދުގަ އެވެ. އެގޮތުން ދ. ޒޯނާ އަރި ޒޯނުގެ ޗެމްޕިއަން ކުޅޭއިރު، ބ. ޒޯނު އަދި ރ. ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ވެސް ދެ ލެގު ކުޅޭނެ އެވެ. މީގެ އިތުރުން ނޯތު މާލެ އަދި ސައުތު މާލެ ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ވެސް ދެ ލެގު ކުޅޭނެ އެވެ އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމު ކުޅޭނީ ސެމީ ފައިނަލެވެ.
ރިސޯޓް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބަނޑޮސް ބަލިކޮށް ޖޯލި މޯލްޑިވްސް އެވެ.
އެ ފަހަރުގެ ފައިނަލުގައި ޖޯލިން ބަނޑޮސްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.
ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުން ކޮންރެޑް ޖާގަ ހޯދައިފި ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުން ކޮންރެޑް ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ