މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ވިދާޅުވީ 2023 ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަންފުޅު ނޯންނާނެކަމަށް ބުނެ ސަރުކާރާއި ރައިސް ޔާމީންގެ ވާދަވެރިން ދައްކާ ވާހަކަތަކަކީ ސުޕުރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައަަށް ނުފޫޒު ފޯރުވުމަށް ދައްކާވާހަކަތަށްކަމިގައެވެ.
ނުފޫޒުފޯރުވުމުގެ ގޮތުން ހިންގާ މިބާވަތުގެ އަމަލުތަކާއުމެދު އިންތިހާއަށް ކަންބޮޑުވަން، ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވިގޮތުގައި އިންސާފުވެރި ކޮންމެ ޝަރީއަތަކުން ރައީސް ޔާމީން ބަރީއަވާނެކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ