ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ ސްޓާފެއްގެ ހަބަރެއް ވެފައި ނުވާ މައްސަލައެއް މިރޭ 8:43 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެއްލިފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ