ރާ އަޅާފައިހުރި ސޯސް ފުޅިތަކެއް ވިއްކާ މައްސަލައެއް ބަލަނީ

ވައިޓް ވައިން އަޅާފައިވާ ސޯސް ފުޅިތަކެއް ވިއްކާ މައްސަލަ ބަލަން ފަށައިފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، މާލޭގެ ސްޕަމާކެޓެއްގައި ވައިން އަޅާފައިވާ ސޯސް ފުޅިތަކެއް ވިއްކާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އަދި ބުނީ މި މައްސަލަ ބެލުމަށްފަހު އެ ފުޅިތައް ނަގާނެ ކަމަށެވެ.
މިފަދަ މައްސަލައެއް ބަލަމުންދާއިރު މިއަދު އާންމު މީޙަކު ވަނީ މާލޭގެ ސްޕަމާކެޓެއްގައި މިފަދަ ސޯސްފުޅިތަކެއް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ސާމަލުކަމަށް ގެނެސްފަ އެވެ.
މި ސޯސް ފުޅިއަކީ "އިޓާލިއަން ޗިކަން ސްކެލޮޕީނީ" ނަމަކަށްކިޔާ ސޯސް ފުޅިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ