މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
ޝެއިޚް ފަރީދު މަސައްކަތްކޮށްދެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން، ބަންގްލަދޭޝްގައި ބިނާ ކުރާ މި މިސްކިތުގެ ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު އެވެ.
އާންމުންގެ އެހީއާ އެކު ބިނާކުރާ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް އެ ޖަމިއްޔާއިން ވަނީ އާންމުކޮށްފައެވެ.
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.
މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާއިން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.
އެ މިސްކިތުގެ ބިންގާ އިއްޔެ އަޅާފައިވާއިރު މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.
ޚިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. އެ ޖަމިއްޔާއިން ބުނީ، އެ ނިންމުން ނިންމާފައިވަނީ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށާއި އިތުރަށް ފަންޑު ވެސް ލިބޭތީ ކަމަށެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެކްޓްރެސް ޝެފާލީ ޖަރިވަލާ ކުއްލިގޮތަކަށް މަރުވެއްޖެ އެންމެ އުފާވެރި ދުވުން: އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީއަށް އައި އީދެއް ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް ފުރާވަޑައިގެންފި ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ