ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ކުރީގެ މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ގަތަރުގެ ސަފީރުކަމަށް ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. މި ވަގުތު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ތިއްބެވި މި ދެ ބޭފުޅުންގެ ތެރެއިން ޔޫއޭއީގެ ސަފީރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ އޭޕްރީލް މަހު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް މިދިޔަ އަހަރުގެ ޖޫން މަހު ގާއިމުކުރި ފަހުން، އެ ގައުމަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް އާދަމް ޝަރީފް ވެވަޑައިގަންނަވާނެއެވެ. ރާއްޖެއާއި ގަތަރާ ދެމެދު 1984 ވަނަ އަހަރު ފެށި ހާރިޖީ ގުޅުން، ރައީސް ޔާމީންގެ ވެރިކަމުގައި މެދުކަނޑާލުމަށްފަހު އަލުން އިއާދަކުރީ 2021 ވަނަ އަހަރު ރައީސް ސޯލިހުގެ ދައުރުގައެވެ.
އާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ