19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތ އަތޮޅު ތިމަރަފުށީ ދާއިރާގެ ގޮނޑި އަބްދުﷲ ރިޔާޒް ކާމިޔާބުކުރައްވައިފިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާތަނަށް ދައްކާ ގޮތުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި އަބްދުﷲ ރިޔާޒް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުން، އެދާއިރާއަށް ދެން ވާދަކުރެއްވި ތިން ކެނޑިޑޭޓުންނާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
ތ. އަތޮޅުގެ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް، އަބްދުﷲ ރިޔާޒާއި އެންމެ ގާތުން ދެން ވާދަކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި، މިހާރުވެސް މެންބަރު، މުހައްމަދު މުސްތަފާއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ދެން ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެބޭފުޅުންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، އަބްދުﷲ ރިޔާޒަށް ލިބިފައިވަނީ 913 ވޯޓެވެ. އަދި އަބްދުﷲ ރިޔާޒާއި އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ، 650 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެނޑިޑޭޓުންގެ ތެރެއިން، އިބްރާހިމް ސަނާހުއަށް، 239 ވޯޓް ލިބިފައިވާއިރު، ދެން އެދާއިރައަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓު ކަމަށްވާ، އަބްދުﷲ ޝަކީބަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ތިމަރަފުށީ ދާއިރާ އަބްދުﷲ ރިޔާޒް ކާމިޔާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ