ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފެއިލް ވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވަޒީރު އިޙްސާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ދެވުނެވެ. މި ފުރުސަތުގައި ވަޒީރު ވަނީ އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން ކޮށްފައިވާ ޤާނޫނާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކަށް ތަފްސީލުކޮށް ޖަވާބުދާރީވެ ވަޑައިގެންފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު ނެގުނު ވޯޓުގައި، ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު 11 މެންބަރުންނެވެ. އަދި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރުން ވޯޓު ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުކުރުމަށެވެ.
މި ނަތީޖާއާއެކު، ދާޚިލީ ވަޒީރު އިޙްސާންގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ބޮޑު ތަފާތަކުން ފެއިލްވެފައެވެ.
ދާޚިލީ ވަޒީރު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފެއިލްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ