މޫސުން ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށި އެއާޕޯޓަށް ނުޖެއްސިގެން މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ މާލެއަށް

މޫސުން ގޯސްވުމެ ވައިބާރުވުމުގެ ސަބަބުން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއް ނުޖެެއްސިގެން އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު މޯލްޑިވިއަންގެ ފްލައިޓު Q2442 ވެލާނާ އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރުމަށްފަހު، ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް ކުޅުދުއްފުށީ އެއާޕޯޓުގައި ނުޖެއްސިގެން ވަރަށް ގިނައިރު މަތީގައި އުދުހެން ޖެހިފައިވެއެވެ.
އެގޮތުން އާންމުކޮށް ވައިގެ މަގުން މާލެއިން ކުޅުދުއްފުއްޓަށް ދެވެނީ 40-45 މިނެޓާއި ދެމެދުއެވެ. ނަމަވެސް މިއަދު މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި އެ ބޯޓު އެނބުރި މާލެ އައީ ދެ ގަޑިއިރެއްހާއިރު ވައިގެމަތީގައި އޮތުމަށް ފަހު މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު އެވެ.ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީހުން) ވަނީ ބޯކޮށް ވާރޭވެހި، ގުގުރައި ވައިގަދަވާނެ ކަމަށް ލަފާކޮށް، ކުޅުދުއްފުށި ހިމެނޭހެން އުތުރުގެ ސަރަހައްދުތައްކަށާއި ޅ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 11:45 އިން ހަވީރު 4:00 ނިޔަލަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވީ އެ ސަރަހައްދަށް ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ