ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވަނީ
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅެން ނިންމުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރެއަށް ތާވަލުކޮށްފި އެވެ.އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ މިރޭ 8:30 ގަ އެވެ. މިރޭ ބާއްވާ ޖަލްސާއަކީ ނުރަސްމީ ޖަލްސާއެއް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު ވިދާޅުވި އެވެ.އެހެންކަމުން، މި ބައްދަލުވުން ކުރިއަށް ގެންދާނީ މީޑިއާ ނުވައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު ދިމާވި މައްސަލަގަނޑުގެ ތެރޭގައި އެ ޕާޓީން ވަކިވި ބަޔަކު ގޮސް އުފެއްދި ދަ ޑިމޮކްރެޓްސް ދޫކޮށް، ނަޝީދު އާއި އީވާ އަލުން އެމްޑީޕީއާ ގުޅެން ނިންމިކަން ހާމަކުރެއްވީ އިއްޔެ އެވެ. އެ ދެ ބޭފުޅުން އެމްޑީޕީއާ ގުޅެން ނިންމިކަން ހާމަކުރެއްވީ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ގަރާރެއް ފާސްކުރުމަށްފަހު އެވެ.ނަޝީދުގެ އެދިވަޑައިގަތުމަކަށް ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ