ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމަށް ސައުދި އަރަބިިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހެވެ. އަދި ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މި އަހަރު ދިވެހި ހުރިހާ ހާޖީން ހައްޖުގެ އަޅުކަމަށް ދިޔައީ ސަރުކާރު ކުންފުނި -- ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ދިވެހި ހައްޖުވެރިން މިފަހަރު ސައުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ލުއިފަސޭތައް ލިބިގެންނެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތި ކުރުމުގެ އިތުރުން އަރަފާތުގެ އިންތިޒާމްތައް ވެސް ސައުދީ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފުރިހަމަ ކޮށްފަ އެވެ.
ދިވެހި ހުރިހާ ހާޖީން ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ