އެމެރިކާގެ ހޯމްލޭންޑު ސެކިއުރިޓީ އިންވެސްޓިގޭޝަންސް އިން ދިވެހި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފިސަރުންނަށް ތަމްރީނުތަކެއް ދޭން ފަށައިފި އެވެ.
ކަސްޓަމްސްގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނު ފެށީ މިއަދު ކަމަށެވެ. މި ތަމްރީނުގައި ކަސްޓަމްސް ގެ 12 އޮފިސަރުން، އިމިގްރޭޝަންގެ 12 އޮފިސަރުން އަދި 11 ފުލުހުން ބައިވެރިވެ އެވެ.
މިއީ މި ތަމްރީނުތަކުގައި ބައިވެރިވާ ފުރަތަމަ ބެޗު ކަމަށް ކަސްޓަމްސް އިން ބުނެފައި ވުމުން، މީގެ އިތުރު ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.
އެމެރިކާއިން ދިވެހި ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް ދޭ މި ތަމްރީނުގެ އަމާޒަކީ ގާނޫނު ތަންފީޒުކުރުމަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ތަމްރީނުގައި ހިއުމަން ޓްރެފިކިން އާއި ކްރިމިނަލް ރިސާޗް އަދި ތުހުމަތު ކުރެވޭ މީހުން ހޯދާނެ ގޮތާއި ފޮރިންސިކް ޑޮކިއުމެންޓުތައް އެނަލައިސް ކުރާނެ ގޮތާ ބެހޭގޮތުން ހާއްސަ ހުނަރުތަކެއް ދިވެހި އޮފިސަރުންނަށް ދަސްކޮށްދޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖޭގެ ބޯޑަރު ބަލަހައްޓާ މައިގަނޑު އިދާރާތަކަށް ތަމްރީނު ދޭން ފަށާފައިވާ އެމެރިކާއަކީ މި ވަގުތު ދުނިޔޭގައި ބިދޭސީންނާމެދު އެންމެ ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންދާ އެއް ގައުމެވެ.
އެގޮތުން އެ ގައުމުގެ ރައީސް ޑޮނާލްޑު ޓްރަމްޕުގެ ސަރުކާރުން ދަނީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ހާސް ބިދޭސީންނެއް ޑީޕޯޓުކޮށް، އެހެން ގައުމުތަކުގެ ޖަލުތަކަށް ފޮނުވަމުންނެވެ.
އެމެރިކާއިން ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފިސަރުން ތަމްރީނުކުރަނީ އެމެރިކާއިން ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފިސަރުން ތަމްރީނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ