ކުޅިވަރު ކުރިއެރުވުމަށް 20 އަހަރުގެ ޕްލޭނެއް ހަދަމުންދާ ކަމަށް ސަރުކާރުން ބުނެފި ކުޅިވަރު ކުރިއެރުވުމަށް 20 އަހަރުގެ ޕްލޭނެއް ހަދަމުންދާ ކަމަށް ސަރުކާރުން ބުނެފި

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް 20 އަހަރުގެ ޕްލޭނެއް ތައްޔާރުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓު އެންޑް ޕީސް އާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"20 އަހަރުގެ ކުޅިވަރު ތަރައްގީކުރުމުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ޕްލޭންގެ ދަށުން ދުރު ރާސްތާ އަމާޒުތަކަށް ވާސިލްވެސް އެންމެންނަށް ކުޅިވަރުގައި ކުރިއަރާ ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ކުޅިވަރު މެދުވެރިކޮށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކުގައި ސަރުކާރުން ދެމި އޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި، އެންމެންނަށް ހަމަހަމަ ކުރިމަގަކަށް މަސައްކަތް ކުރުމަށްވެސް ރައީސްގެ ޕޯސްޓުގައި ގޮވާލައްވާފައިވެ އެވެ.
ކުޅިވަރާ ބެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ސަރުކާރުން ނިންމާފައިވާއިރު، މި ފަހުން ދިވެހިރާއްޖެއަކީ އެ ޓީމުގެ ރަސްމީ ޓޫރިސްޓު މަންޒިލުގެ ގޮތުގައި މި ފަހުން ހަމަޖެއްސި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު، ލިވަޕޫލް އެފްސީން ރާއްޖޭގައި ޓްރެއިނިން އެކެޑަމީއެއް ހުޅުވަން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ލިވަޕޫލުން އެކެޑަމީ ހުޅުވަން ހުށަހެޅިކަން ދިވެހި ސަރުކާރުން އިއްޔެ އިއުލާނު ކުރީ އެ ކްލަބުން ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ޔޫކޭއަށް ކުރެއްވި ދަތުރަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ