ބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗްކޮށްފި

މި ޕޯޓަލްއަށް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި ފަރާތްތަކުން އެއްކުރާ ބާޒާރުގެ އަގުތައް ހިމަނާނެ އެވެ.
މިއަހަރުގެ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކުރި "އަގުމަގު" ޕޯޓަލް ކޮށްފި އެވެ.
މި ޕޯޓަލް ލޯންޗްކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލައިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުމެވެ.
"މި އެޕްލިކޭޝަންއިން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެ ބޭފުޅުން އަމިއްލަ އަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން ފުރުސަތު. ދެން އޮތް މަރުހަލާއަކީ އެއީ،" ސައީދު ވިދާޅުވި އެވެ.މި އެޕްލިކޭޝަންގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއް ތަނަކުން ފޯރުކޮށްދެވޭނެ އެވެ.މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީ އާއި ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ