ވަރަށްބޮޑަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެންމެ ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ވަރަށްބޮޑަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީވެ، ފުވައްމުލައް ސިޓީން ފެށިގެން އައްޑޫސިޓީ ސަރަހައްދަށް މިއަދު އިރުއޮއްސި 18:30 ހާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައިވާކަމަށެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުގެ ޕޯސްޓް
ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖުޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީވެ، އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ގޮތެއްގައި ސަމާލުވުމަށް ވަނީ އެދިފައެވެ.
ކުރިއަށްއޮތް ދެދުވަހުވެސް މޫސުން ގޯސްވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަވައްޓެރި ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ