ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ "ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025" ފުޓުބޯޅަ މުބާރާތުގައި ބައިވެެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް، ރަށުގެ އިޖްތިމާއި ރޫހު އާލާކޮށްދިރުވުމަށެވެ.
އެގޮތުން މިއަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހު ޒޯން ސްޓޭޑިއަމްގައެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން ވާ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ފޯމް މެދުވެރިކޮށްް ހުށަހެޅުމަށް އެދިފައިވެއެވެ.
އަދި މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުުގެ، ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ސުންގަޑި އަކީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ކަމުގައިވެސް ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ވަނީ މުބާރާތުގެ ޤަވާއިދު އެ އިދާރައިގެ ވެބްސައިޓުގައި ހިއްސާކޮށް، މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދި ރަސްމީ ގަޑީގައި 6527205 އަށް ގުޅުއްވުމަށް އެދި އިލްތިމާސްކޮށްފައެވެ.
ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2024 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. މި މުބާރާތް އޮތީ މިދިޔަ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ