މާލޭގައި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
އެއީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މީހާ ވެއްޓިފައި ވަނީ ކައިރީ ހެިގެން ހުރި އިމާރާތުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ވެއްޓުނު ގޭގެ ފުރާޅުގަނޑު ވަރަށް ބޮޑަށް ބަނޑިވެފައިވާ އިރު، އެ އަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވާނެ ކަމަށް އެ ސަރަަހައްދުގައި ހަރަކާތްތެރިވި މީހުން ބުނެއެވެ. ނަމަވެސް އަދި އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.
މާލޭގައި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުުނު އަންހެނަކަށް ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ