މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ވިނަރެސް ޓަވަރެއްގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓުމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ވީ ކިިހިނެއް؟ - މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 9ގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުގަ އެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި:
އެ އެޕާޓުމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:41 ހާއިރު
ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި
މި ހާދިސާ ހިނގީ ގޮދަޑިއެއްގައި ރޯވެގެން
ތަފްސީލް - އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެ އަލިފާނުގެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބަލައި އެ އާއިލާއަށް އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން:
އެޕާޓްމަންޓް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި
އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ވަނީ ހަމަޖައްސައިދީފައި
ދެ މީހަކަށް އަންނައުނު ވަނީ ފޯރުކޮށްދީފައި
މި ހާދިސާގައި އެޕާޓުމަންޓުގައި ދިރިއުޅުނު އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.
އަލިފާން ރޯވި ވިނަރެސް އެޕާޓްމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ