ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭވީސީ ބީޗްވޮލީބޯޅަ ޓުއާގެ މުބާރާތެއް ކަމަށްވާ ސަމިލާ އޯޕަންގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުން ވެސް ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ބަލިވެއްޖެ އެވެ.
މި މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިލިޕީންސްގެ އެއް ވަނަ ޕެއާ ކަމަށްވާ ބައިޓްރާގޯ އާއި ވާގާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.
އިއްޔެ ހެނދުނު ފުރަތަމަ މެޗުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ނުކުތީ އޮސްޓްރޭލިއާގެ ބާނެޓް އާއި ރަޔާންގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-09 އަދި 21-16 އިންނެވެ.
މީގެ އިތުރުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ޕެއާ އިން ނުކުތީ ސްރީ ލަންކާގެ ނަލިން އާއި މަދުޝާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ލަންކާގެ ޕެއާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ 21-19، 15-21 އަދި 12-15 އިންނެވެ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ބީޗްވޮލީބޯޅަ ޕެއާ އެވެ. އެ ގޮތުން، މި ޕެއާ އިން ވަނީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ބޭއްވި ދެ މުބާރާތަކުން ރަން މެޑަލް އަދި އެއް ފަހަރު ރިހި މެޑަލް ހޯދައިފަ އެވެ. މީގެ ކުރިން ބައިނަލްއަގްވާމީ ބީޗް ވޮލީ މުބާރާތްތަކުގައި ރާއްޖޭގެ ދެ ޕެއާއިން ވާދަކުރި ނަމަވެސް މި ފަހަރުގެ މުބާރާތުގައި ވާދަކުރީ އެއް ޕެއާ އެވެ.
ސަމިލާ އޯޕަން: ފަހު ދެ މެޗުން ވެސް ރާއްޖޭގެ ޕެއާ އަށް ނާކާމިޔާބީ ސަމިލާ އޯޕަން: ފަހު ދެ މެޗުން ވެސް ރާއްޖޭގެ ޕެއާ އަށް ނާކާމިޔާބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ