'ދިރާގު މާލޭ އޯޕަން ސްވިމިން' މުބާރާތް އަންނަ މަހު 25ގައި ރަސްފަންނުގައި ބާއްވަން ނިންމައިފި އެވެ.
ތަފްސީލް - ސްވިމް މޯލްޑިވްސް އިން ބާއްވާ ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތަކީ:
ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް
350އަށް ވުރެ ގިނަ ފެތުންތެރިންގެ ހުނަރު ފެނިގެންދާނެ
މި މުބާރާތަށް ރަޖިސްޓްރީކުރުމަށް - swimmaldives.org/male-open
ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި ގޮތުގައި، ގިނަ މީހުން ބައިވެރިވާ ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުންދީ، ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަންދޭ މުޖުތަމައެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވަނީ، އެކި އުމުރުފުރާތަކުގެ ފެތުންތެރިންނަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދީ، އެ ޖަމިއްޔާއިން ބޭނުންވާ މިސްރާބަށް ވާސިލުވުމަށް ދިރާގުން ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފަ އެވެ.
"2019 އަހަރުން ފެށިގެން މި މުބާރާތް އެންމެ ފުރުތަމަ ތައާރަފްކުރި ހިސާބުން ފެށިގެން ދިރާގުން ދިން އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. މިކަމުގެ ސަބަބުން ރާއްޖޭގައި ފެތުން ކުރިއެރުމުގެ އިތުރުން އަޅުގަނޑުމެން ވަށައިގެންވާ ކަނޑު ރައްކާތެރިކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތް 25 މޭގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ