ބޮޑު ޗުއްޓީއަކުން އައިސް، އެއް ޖަލްސާއަށްފަހު، މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ބޮޑު ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމަށްފަހު އެންމެ ޖަލްސާއެއް އިއްޔެ ބާއްވައި، މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ. ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. ނަަމަވެސް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް އިއްޔެ މަޖިލީހަށް ހުށަހެޅިއެވެ. https://sun.mv/204485 އެގޮތުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި, ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން ސަރުކާރު ސުޕަ މެޖޯރިޓީން ނިންމައި މައްސަލަ ބޭރުކޮށްލީއެވެ. މީގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅޭކަމަށް މައުލޫމާތު ލިބޭތީ، އެ ކަމުގެ މައުލޫމާތު ސާފުކޮށް، ވެރިކަންކުރާ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވުމާމެދު މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. https://sun.mv/204492 އެއާއެކު އިއްޔެ އޮތީ އެ ގަރާރަށް ބަހުސް ކުރުމެވެ. އެއް ކޮމިޓީ ފިޔަވާ އެހެން އެއްވެސް ކޮމިޓީއެއްގައި ވެސް މިއަދު މަސައްކަތެއް އެޖެންޑާގައި ނެތެވެ. މިއަދު އޮތް ހަަމައެކަނި ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއެވެ. އެ ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ