އާންމު މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރުމަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެޗްޑީސީގެ އިސް އޮފިޝަލެއްގެ ގޮތުގައި މި ވަގުތު ހުރި މަލްޝާ ޝަރީފު، ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭނުންކުރި ކަމުގެ ތުހުތަމު އެ މީހާ ކޮށްފި އެވެ.
އާދަމް މުހައްމަދު ނަމަކަށް ކިޔާ މީހަކު އެކްސްގައި ހިންގާ އެކައުންޓުން އޭނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ، ފުރައްސާރަކުރާ ކަމަށް ބުނެ މަލްޝާ އެކްސްގައި ޕޯސްޓުކުރީ މިއަދެވެ. އެ ޕޯސްޓުގައި އެޑަމްގެ ފޮޓޯއާއި އެޑްރެސް ވެސް ހިމަނާފައިވެ އެވެ.
މިކަމާ ގުޅިގެން އަދަދު އާ ވާހަކަދައްކަމުން އާދަމް ބުނީ މަލްޝާގެ ޕޯސްޓުގައި ބޭނުންކޮށްފައިވަނީ އޭނާގެ ކުރީގެ އައިޑީ ކާޑު ފޮޓޯ ކަމަށެވެ. މި ފޮޓޯއަކީ ހަމައެކަނި ޑީއެންއާރަށް އޭނާ ދީފައިވާ ފޮޓޯއެއްކަމަށް އޭނާ ބުންޏެވެ.
"މަލްޝާ އެ ކުރީ ވަރަށް ގޯސް ކަމެއް. އަހަރެންގެ ފޮޓޯއަކަށް އެދުނު ނަމަ ދިނީމުސް. މިއީ ވަގަށް ހިންގާ އެކައުންޓެއް ނޫން. އެކައުންޓުގައި އަހަރެންގެ ބްލޮގު ވެސް ލިންކު ކޮށްފަ އިންނާނެ. ބްލޮގުގައި އިންސްޓަގްރާމް ވެސް އިންނާނެ،" އާދަމް ބުންޏެވެ.
އެކްސް އެކައުންޓުގައި ފޮޓޯ ބޭނުންނުކުރަނީ އޭނާ އެކަން ކުރަން ބޭނުން ނުވާތީ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ލިބޭ އިހުތިޔާރެއްކަން އޭނާ ފާހަގަކުރި އެވެ.
"ސަރުކާރުގައި އިސްކޮށް އުޅޭ އޮފިޝަލުން ޑީއެންއާރުގައި ހުންނަ މައުލޫމާތު އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ވަރަށް ދެރަ ކަމެއް. އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނެގިގެން ނުވާނެ،" އާދަމް ބުންޏެވެ.
މިއީ މި ސަރުކާރުން ޑީއެންއާރުގައި ހުރި އާންމުންގެ މައުލޫމާތުގެ ނަހަމަ ބޭނުން ކުރި ކަމަށް ބުނެ ކުރާ ފުރަތަމަ ތުހުމަތެއް ނޫނެވެ.
އެގޮތުން، ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ޑީއެންއާރުގެ ތެރޭގައި ކުރި ކަމަށް މީގެ ކުރިން ތުހުމަތު ކުރެވުނެވެ. އެކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
ޑީއެންއާރުގެ ޑޭޓާބޭހުން މައުލޫމާތެއް ވަގަށް ނަގާފައިވޭތޯ ބަލަން ފުލުހުން ތަހުގީގު ނުކުރި ނަމަވެސް، އެ އޮފީހުގައި ޕީޢެންސީގެ ފޯމުތަކެއް ފުރި މަންޒަރު ފެންނަ ފޮޓޯތަކެއް އޭރު އާންމުވި އެވެ.
މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރަން މަލްޝާ ޑީއެންއާރުގެ ޑޭޓާ ބޭނުންކުރި ކަމުގެ ތުހުމަތު މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރަން މަލްޝާ ޑީއެންއާރުގެ ޑޭޓާ ބޭނުންކުރި ކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ