ވެމްކޯ ކައިރިން ބަދަލުހިފައި ޕޮލިހުން ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި ވެމްކޯ ކައިރިން ބަދަލުހިފައި ޕޮލިހުން ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ވެމްކޯ އަތުން 3-2 ސެޓުން މެޗު ކާމިޔާބުކޮށް ފަސް އަހަރަށް ފަހު އަންހެން ވޮލީބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފި އެވެ.
ފާއިތުވި އަހަރުތަކުގައި، އަންހެން ވޮލީބޯޅައިގައި ޑޮމިނޭޓްކުރަމުން އައީ ވެމްކޯ އެވެ. ގިނަ މުބާރާތްތައް ވެމްކޯ އިން ކާމިޔާބުކުރީ ޕޮލިސް ބަލިކޮށްފަ އެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލަށް ވެސް ޕޮލިހުން މެޗަކުން ބަލިނުވެ ދަތުރުކޮށްފައިވަނިކޮށް، ވެމްކޯ ވަނީ ފައިނަލުގައި މޮޅުވެފައެވެ.
ގައުމީ ލީގުގެ ފަހު މެޗަށް ނުކުތްއިރު، ޕޮލިހަށް ދެ ސެޓު ކާމިޔާބުކޮށް ލިބޭ ޕޮއިންޓާއެކު، ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވެމްކޯ އަށް މި މެޗު 3-1 ސެޓުން ނޫންނަމަ ސީދާ ތިން ސެޓުން ކާމިޔާބުކުރުން ނޫން ގޮތެއް ނެތެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބު ކުރީ 24-26، 17-25، 25-19، 25-23 އަދި 05-15 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ފަސް ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅެމުން އައީ ވެމްކޯ އިންނެވެ. ވެމްކޯ އަށް ވަނީ މި ސެޓު ނިންމަންވެސް ފުރުސަތު ލިބިފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ރަނގަޅު ރިސީވްތަކެއް ނުދެވި، 26-24 އިން ސެޓު ގެއްލުނީ އެވެ.
ދެވަނަ ސެޓުގައި ޕޮލިހުން ވަނީ ފުރަތަމަ ސެޓުގެ ފަހުކޮޅު ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ. މި ސެޓުގައި ވެސް ވެމްކޯ އިން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާނަގައި، ޕޮލިހުން ވަނީ މި ސެޓު 25-17 އިން ގެންގޮސްފަ އެވެ.
އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ވެސް ވެމްކޯ ފެނިގެންދިޔައީ ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. އެގޮތުން މި ސެޓުގައި ވެމްކޯގެ ޖޫޒާން ޒަރީރް (ޖޫޒް)ގެ މޮޅު ކުޅުން ފެނިގެންދިޔައިރު، މި ދެ ސެޓު ވެމްކޯ އިން ގެންދިޔައީ 25-19 އަދި 25-23 އިންނެވެ.
މެޗުގެ ފަހު ސެޓުގައި ވެމްކޯ އާދައިގެކޮށް ފެނިގެންދިޔައިރު، މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 15-05 އިންނެވެ.
ގައުމީ ވޮލީބޯލް ލީގު ޕޮލިހުން ކާމިޔާބުކުރިއިރު، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިހުގެ އައިމިނަތު އަރީޝާ (އަރީ) އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ ކޯޗު މުނާ މުނީރު (މުންނަ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ