ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ތަންތަން ގާއިމުކުރަމަށް ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ރާވާފައިވާކަމަށެވެ.
"އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫސިޓީގައި ފެށުމަށް މި ފެބްރުވަރީ މަސްތެރޭގައި އިޢުލާނުކުރެވި، 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިޔަށް ގެންދަން ރާވާފައިވާކަމަށެވެ. އެގޮތުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން މި އަހަރުގެތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ކުރިޔަށް ގެންދަވާމެކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.
ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ