ޒާތީވުމަކީ އިޖްތިމާއި ފޭރާން ފަސާދަކުރާނެ ކަމެއް: ނާއިބު ރައީސް


ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނާއިބު ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
Advertisement
އެފަދަ ޕޯސްޓެއް އެމަނިކުފާނު ކުރެއްވީ ރައީސް މުއިއްޒާއި މެޑަމް ސާޖިދާގެ ދޮށީ ފިރިހެން ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކު ދޮގު ވާހަކަތަކެއް ފަތުރާ އެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުގެ ކަންބޮޑުވުން އޮތް ވަގުތެއްގަ އެވެ.
ނާއިބު ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށް ކަމަށެވެ.
“އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް. މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސް،” ނާއިބު ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކާއި ގުޅިގެން މަދަނީ ދައުވާކުރުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ