ބައިނަލްއަގުވާމީ ގާނޫނަށް މުއިއްޒު ބޯނުލެބުމަކީ ބިރުހުރިކަމެއް

ދިވެހި ރާއްޖެއަކީ ދުނިޔޭގެ ކޯޓްގެ އިސްތިޝާރީ ލަފަޔަށް ގޮންޖަހާ ލެވޭވަރުގެ ބާރުގަދަ ގައުމެއް ހެއްޔެވެ. ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގެ ނިންމުމާ ދެކޮޅުހަދާ ގަދަ ދެއްކޭވެރި ގައުމަކަށް ރާއްޖެ ވަނީހެއްޔެވެ. އދގެ 116 ގައުމެއްގެ ރުހުން ލިބިފައިވާ ކަމެއް އަނބުރާލެވޭ ވަރުގެ ގައުމަކަށް ރާއްޖެ ވީހެއްޔެވެ.
ބައިނަލް އަގުވާމީ ގާނޫނަށް ތަބާވުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ އާއި ސްރީލަންކާ ގުޅޭ އިމުން 200 މޭލު ހަމަ ނުވިޔަސް މުއިއްޒަށް ވަރިހަމައެވެ.  އެގޮތް ހަމަ ރަނގަޅެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ޗާގޯސް ކަނޑުން 200 މޭލު ރާއްޖެއަށް ހަމަ ނުކުރެވާކަމަށް އިޓްލޮސްއިން ކަނޑައެޅުމުން އެކަން މުއިއްޒު ސަރުކާރަށް ގަބޫލެއް ނުކުރެވުނެވެ.
އިޓްލޮސްގެ ނިންމުމަކީވެސް ބައިނަލްއަގުވާމީ ގާނޫނެވެ.  އިޓްލޮސްގެ ނިންމުމަށް ރާއްޖޭން އިހުތިރާމް ނުކުރާނެކަމަށް ރަސްމިކޮށް ރާއްޖޭން އިއުލާނު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނަށް ރާއްޖޭން އަމަލު ނުކުރާނެކަމަށް ބުނުމެވެ. ދެކުނުން 200 މޭލު ހަމަކުރަން އުޅޭހެން ރާއްޖޭގެ އުތުރުން 200 މޭލު ހަމަކޮށްލާނެ ހިއްވަރެއް މުއިއްޒު ސަރުކާރުގައި ހުންނާނެ ހެއްޔެވެ. 
ކަޝްމީރު ބޯޑަރުގައި އިންޑިއާ އާއި ޕާކިސްތާނު ތަޅާފޮޅާހެން ޗާގޯސް ކަނޑުގެ މައްސަލައިގައި މޮރިޝަސް ޢާ ރާއްޖޭން ހަނގުރާމަ އިއުލާނު ކުރުމަކީ ރާއްޖޭގެ ތާރީހުގައި މުއިއްޒު ލެއްވި ލައްގަޑެކެވެ. އިޓްލޮސްގެ ނިންމުމަށް ގޮންޖަހާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުލެބާ ގައުމަކަށް ރާއްޖެވުމަކީ ގަދަކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ