މި އަހަރު ބޭއްވި އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފިއެވެ. މިއީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާއި، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ދީފައިވާ ބައިނަލްއަގުވާމީ ޝަރަފެކެވެ.
ދިރާގުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް 100 ޕަސަންޓު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތައް ހިމެނޭހެން މުޅި ރާއްޖެއަށް 100 ޕަސަންޓު 4ޖީ ހިދުމަތް ކަށަވަރުކޮށްދީފައިވާއިރު، ރާއްޖޭގެ އާބާދީގެ 73 ޕަސަންޓަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބޭކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، މިއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ރާއްޖޭގެ ކޮންމެ ގޭބީސީއަކަށްވެސް ހައިސްޕީޑް އިންޓަނެޓްގެ ފުރުސަތު ހުޅުވިފައި ހުރުމަކީ ގައުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި، ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީ-ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ ވައި ތަގައްޔަރުވުމުގެ ނުރައްކާ ޓޫރިޒަމަށާއި ސިއްހަތަށް ބޮޑު: ފޮރިން މިނިސްޓްރީ ރައީސް، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައިފި މަސްތުވާތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ