ސުނާމީ ބިނާ ކައިރީގައި ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި
މާލޭ ސްކޭޕިން މަޝްރޫއުގައި، ސުނާމީ ބިނާ މައިޒާން ތަަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުން ވެހިކަލްތައް ނަގަން އަންގައިފި އެވެ. މި ސަރަހައްދުގައ ޕާކުކޮށްފައިވާ އުޅަނދުތައް އަންގާފައިވަނީ މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިންނެވެސުނާމީ ބިނާ ސަރަހައްދުގެ ޗާޓެއް އާންމުކޮށް އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މާދަމާ ހަވީރު 6:00 ގެ ކުރިން ނަގައި ހުސްކުރުމަށް ފުލުހުން ވަނީ އަންގާފަ އެވެ.މި ސަރަހައްދަކީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކޮށްފައިވާ ސަރަހައްދެކެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި ތަން ތަރައްގީކުރީ ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރެވެ. މި ތަންތަން ކައުންސިލުން މަރާމާތު ނުކުރާ ކަމަށް ވިދާޅުވެ ރައީސް ވެސް ވަނީ މީގެ ކުރިން ފާޑުވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ