އިރާނުގެ އައު ސުޕްރީމް ލީޑަރު ކަނޑައަޅައިފި: ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިއުލާނުކުރާނެ!

އިރާނުގެ އައު ސުޕްރީމް ލީޑަރަކީ ކޮން ބޭފުޅެއްކަން މިހާރު ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އީރާނުގެ ސުޕްރީމް ލީޑަރު ކަނޑައަޅާ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރު އަހުމަދު އަލަމް އަލް ހުދާ އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމުގެ ޚާއްސަ މަޖިލީހުން ނިންމުން ނިންމައި އިންގިލާބުގެ ލީޑަރު މިހާރު އިންތިހާބުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މަޖިލީހުން އިންތިހާބުކުރި އައު ލީޑަރުގެ ނަން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ކައުންސިލްގެ ޖެނެރަލް ސެކްރެޓޭރިއަޓުން އިއުލާނުކުރާނެކަންވެސް މެންބަރު އަހުމަދު އަލަމް އަލް ހުދާ ވަނީ ހާމަކުރައްވާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ