ކޭޕާކް މަމްދޫހް 397 އަހަރަށް

ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކުރި ހުކުމްތައްޓެކުމުގެ 46 ދައުވާ؛ ކޮންމެ ދައުވާ އަކަށް އަށް އަހަރުގެ ދައުވާ (ޖުމްލަ 368 އަހަރުގެ ޖަލު ހުކުމް)އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ؛ ކޮންމެ ދައުވާ އަކަށް 3 މަހާއި 18 ދުވަސް (ޖުމުލަ 13 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް)މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމްމަނީ ލޯންޑްރިންގެ އެއް ދައުވާ؛ 14 އަހަރާއ 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމްމި މައްސަލާގައި މަމްދޫހު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާއަށް ކުރި ޖުމްލަ ޖަލު ހުކުމުގެ ދިގުމިނަކީ 397 އަހަރާއި ހަ މަހާއި 20 ދުވަހެވެ.ޝަރީއަތުގެ މަރުހަލާ ނިންމުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމެއްގައި މަމްދޫހުގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ