ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން، އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފި އެވެ.
ވީ ކިހިނެއް؟ - ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި ތަރައްގީކުރި ކްލާހަށް ދީފައިވަނީ އައިވޮންޑާގެ ނަމެވެ.
ތަފްސީލް - އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރެ އެވެ.
މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގަ އެވެ. އެގޮތުން:
އެ ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބޭންކުން
ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައިވޭ
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން މީގެ ކުރިން ވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން:
އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ތ. ވޭމަންޑޫ ސްކޫލު އަދި ކ. ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވޭ
ބީއެމްއެލްގެ އެހީގައި އަމީނިއްޔާގެ ސެން ކްލާސް ތަރައްގީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ