ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓު ހޮވައިފި އެވެ.
ތަފްސީލް - ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓަކީ:
ސައްޔިދު ސަލާހުއްދީން، ސާފިން
ބީއެމްއެލް އިން ހުރިހާ ހަރަދެއް ދޭ މި ސްކޮލަޝިޕްގެ ދަށުން:
ސައްޔިދުގެ ޓްރެއިނިން ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި
އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައި ވެސް ބައިވެރިވާނެ
މުބާރާތާއި ޓްރެއިނިންއަށް ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދޭނެ
މި ސްކޮލަޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަޝިޕެކެވެ.
މި ސްކޮލަޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ އެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީންނެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާ އެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަޝިޕްތަކުގެ ދަށުން ބީއެމްއެލް އިން އަންނަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ރާޅާއަޅާ ސައްޔިދު ސަލާހުއްދީނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ